އައްޑޫ ރީޖަނަލް ޕޯޓުގައި ފިޝް ހަބެއް ގާއިމު ކުރަން ނިންމައިފިއެވެ.
އެކަން ހާމަކުރެއްވި މޯލްޑްވިސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމެވެ.
ވަޖީހު ވިދާޅުވީ ފިޝް ހަބެއް ގާއިމްކުރެވިގެން ދިޔުމުން ދުނިޔޭގެ ބޮޑެތި މަހުގެ މަސައްކަތްކުރާ ކުންފުނިތައް އެތަނަށް އަންނާނެ ކަމަށެވެ.
އަދި އެތަނުގައި އެ މީހުންގެ ފެކްޓްރީތައް ގާއިމުކޮށް މަސް ޕްރޮސެސް ކޮށް، ތަންތަނަށް ފޮނުވަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހަބް ގާއިމްކުރުމުގެ ބޭނުމަކީ މަސްވެރިން ބާނާ މަސް ވިއްކާލުމަށް ފަހު ފައިސާ ނުލިބޭ މައްސަލަ ހައްލު ކުރުމަށެވެ.
ވަޖީހު ވިދާޅުވީ ރާއްޖެއިން ބޭރުން ގެންނަ ކޮންޓެއިނާ ކާގޯ އެއާ ފްރައިޓް ކޮށް އެކްސްޕޯޓް ކޮށްދިނުމުގެ ހިދުމަތް ފަށަން ވާން ޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށާއި، ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލު ކުރުމަށްޓަކައިވެސް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.