ވެރިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

Ads by Asuru

އެ ކުންފުނިން ބުނީ، ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް 10 މާރޗް 2024 ވާ އާދީއްތަ ދުވަހު (މިއަދު)ގެ މެންދުރު 14:00 އިން 17:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެގޮތުން މި ވަގުތުގައި ގަލޮޅު މަޖީދީމަގާއި، ދަނބުރުއްމަގު، ރަށްދެބައިމަގު، ރަތްވިލާގޯޅި އަދި އަލިކިލެގެފާނު މަގު ހިމެނޭ ސަރަހައްދުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އމިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.