ކްރިމިނަލް ކޯޓުގެ ސާވާ ރަނގަޅުކޮށް އަލުން ޝަރީއަތްތަށް ފަށަށް ތައްޔާރުވެއްޖެއެވެ.

Ads by Asuru

އެ ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކާއި، ޝަރީއަތުގެ އަޑުއެހުންތައް އާންމު އުސޫލުން ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ގާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އަދި ޝަރީއަތް އަޑުއެހުމަށް ބޭނުންވާ ނޫސްވެރިންނަށްވެސް އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާނެ ކަމަށް ވިދާޅުވެފައެވެ.

މާލެއަށް މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ދުވަސްކޮޅު ވެހުން ބޯ ވާރޭގައި ކޯޓުގެ ހުރިހާ ދިމާއެއްގެ ސީލީނުން ވަނީ ފެންވަދެފައެވެ.
ފެނުގެ އަސަރުކޮށްގެން ކޯޓުގެ ސާވާ ވެސް ވަނީ އެއްކޮށް ހަލާކުވެފައެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބަދަލުކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓު (ޑީޖޭއޭ)އިން މީގެކުރިންވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ.