ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގައި ގާއިމުވެ ތިބި ސިފައިން ފޮނުވާލައިފިއެވެ.

Ads by Asuru

މައުލޫމާތު ލިބޭ ގޮތުގައި، އެ މީހުން ފުރީ ރާއްޖެއަށް އައި މަނަވަރެއްގައެވެ. އެއީ އައްޑޫގައި އޮތް ހެލިކޮޕްޓަރުގެ ބަދަލުގައި އާ ހެލިކޮޕްޓަރެއް ހިފައިގެން އައި މަނަވަރެވެ.

އާދިއްތަ ދުވަހުގެ ނިޔަލަށް، އައްޑޫގައި ތިބި އިންޑިއާ ސިފައިން ފައިބަން އެއްބަސްވެފައިވާއިރު، ބާކީ ތިބި ސިފައިން މެއި 10 ގެ ނިޔަލަށް ފައިބަން ވަނީ އެއްބަސްވެފައެވެ. އިންޑިއާގެ ސިފައިން ފޮނުވައިލައި، އެ ގައުމުން ދިން ހެލިކޮޕްޓަރާއި ޑޯނިއާ އޮޕަރޭޓް ކުރަން މަދަނީން ވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

ހދ.ހަނިމާދޫއާއި ލ.ކައްދޫގައި ވެސް އިންޑިއާ ސިފައިން ހަރަކާތްތެރިވާއިރު، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަންނަ މެއި މަހުގެ 10ގެ ނިޔަލަށް ފޮނުވާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.