ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި، އުފައްދަވަން އުޅުއްވާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)، އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާ 3370 ފޯމުގެ ތެރެއިން ސައްހަވީ 1976 ފޯމް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

Ads by Asuru

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ރޭ ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވިދާޅުވީ ޕީއެންއެފްއިން އެ ކޮމިޝަނަށް އެންމެ ފުރަތަމަ ހުށަހެޅީ 3060 ފޯމު ކަމަށެވެ.

ނަމަވެސް ފަހުން އިތުުރު ފޯމު ހުށަހަޅައި، ޖުމްލަ 3370 ފޯމް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ ހުރިހާ ފޯމެއްގެ ސައްހަކަން ކަށަވަރުކޮށް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި އޭގެ ތެރެއިން ސައްހަކަން ކަށަވަރުވެފައިވަނީ 1976 ފޯމު ކަމަށާއި، ސައްހަ ފޯމުތަކުގެ އިތުރަށް ރަނގަޅު ކުރެވޭނެ 1394 ފޯމު ވާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ޕީއެންއެފް އުފެއްދުމުގައި، ރައީސް ޔާމީންގެ އިތުރުން އިސްކޮށް އުޅުއްވަނީ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދާއި، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.