މުހައްމަދު ލުވޭޒު އަދި ޑރ. ސަލްމާ ރަޝީދަށް ސަފީރުކަމުގެ ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

Ads by Asuru

ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް މުހައްމަދު ލުވޭޒު އަދި ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ދާއިމީ ސަފީރުކަމަށް ޑރ. ސަލްމާ ރަޝީދު އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ދެ ބޭފުޅުންގެ ނަން ފޮނުއްވާފައިވާކަން މަޖިލީހުން ވަނީ ހާމަކޮށްފައެވެ.

ލުވެއިޒަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސްގެ މަގާމުގެ އިތުރުން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ މެންބަރުކަން އަދި އެމްއެންޔޫގެ ކައުންސިލްގެ މެމްބަރުކަން ކުރައްވާފައިވާ ފަރާތެކެވެ.

މީގެ އިތުރުން މި ސަރުކާރުންގެ އިންތިގާލީ މަރުހަލާގައި ބަޖެޓު އެކުލަވާލަން ރައީސް ޑރ.މުއިއްޒު ކަނޑައެޅުއްވި ބަޖެޓު ކޮމެޓީގައި ވެސް ލުވެއިޒު ވަނީ މަސައްކަތް ކުރައްވައިފައެވެ.