ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކުރިން އެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދާއި، ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

Ads by Asuru

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައި ވަނީ، ކުރިން އެ މަޤާމުގައި ހުންނެވި ފަތުހުﷲ ޖަމީލް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވެވި ސިޓީފުޅުގައި ވަނީ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އާންމުކޮށް ހުޅުވައިލުމުން، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންނަކީ ޔަޒީދާއި ޒަރީރު ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޔަޒީދާއި ޒަރީރުގެ ނަން ދިރާސާ ކުރެއްވުމަށް ވަނީ އިގްތިސާދީ ކޮމިޓީއަށް ފޮނުއްވާފައެވެ.