ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަކީ ވަކި މޫސުމަކަށް ނަމާދަށް އަރާ ބޭފުޅެއް ނޫން ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝެއިހު ޒައިދު މިގޮތަށް ވިދާޅުވެފައި ވަނީ، ރައީސް މުއިއްޒު ނަމާދު ކުރައްވަވާ މަންޒަރު ފެންނަ ވީޑިއޯއެއް މީީސްމީޑިއާގައި ދައުރުކޮށް، އިދިކޮޅު ބައެއް ފަރާތްތަކުން އެމަނިކުފާނު ދެއްކެވުމަށް ނަމާދު ކުރައްވަނީ ކަމަށް ބުނެ، ފާޑު ކިޔުން އަމާޒު ކުރުމުންނެވެ.

ޒައިދު ވިދާޅުވީ ގައުމެއްގެ ވެރިޔަކު ނަމާދު ކުރައްވާ މަންޒަރު ރައްޔިތުންނަށް ފެންނާން ޖެހޭ ކަމަށެވެ.

”ފާޑު ކިޔާ ބޭފުޅުންނަށް ބުނެލަން އޮތީ، ހެޔޮ ވިސްނުމަކުން ވިސްނާއިރު، ގައުމުގެ ވެރިޔާ ނަމާދު ކުރާތަން ރައްޔިތުންނަށް ފެންނަން ޖެހެއޭ.“

އޭނާ ވިދާޅުވީ ވެރިން ނަމާދު ކުރެއްވުމަކީ ރައްޔިތުންނަށް ވެސް އެކަން ކޮށް އުޅުމަށް ބާރު އެޅޭނެ ކަމެއް ކަމަށާއި، ނަމާދަށް ލޯބި ކުރާ ތަން ފެނުމަކީ އަސްލު އުފާ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

”އަމުދުން ޑރ.މުއިއްޒު އަކީ އަބަދުވެސް ނަމާދަށް އަރާ ބޭފުޅެއް. ވަކި މޫސުމަކަށް ނަމާދަށް އަރާ ބޭފުޅެއް ނޫން.“ ޒައިދު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ނަމާދަށް ސަމާލުކަން ދެއްވާ ކަމަކީ، އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަ ކުރެއްވުމުގެ މާ ކުރިން ވެސް، އެމަނިކުފާނުގެ އަރިހުގައި މަސައްކަތްކުރި މުވައްޒަފުން ވެސް ފާހަގަކުރަމުންދިޔަ ކަމެކެވެ.

އެގޮތުން ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ވަރަށް ބުރަކޮށް އުޅުއްވަމުން ވެސް، ކޮންމެ ވަގުތެއްގައި ވެސް ނަމާދަށް ވަގުތު ހުސް ކުރެއްވި ކަމަށް އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރި މީހުން ބުނެފައިވެއެވެ.