ފަލަސްތީނުގެ ޣައްޒާގައި، އެހީއަށް މަޑުކޮށްގެން ތިބި ބަޔަކަށް އަމާޒުކޮށް، އިޒްރޭލުގެ އަނިޔާވެރި އަސްކަރިއްޔާއިން ދިން ބަޑީގެ ހަމަލާތަކެއްގައި 21 މީހުން ޝަހީދު ކޮށްލައިފިއެވެ.

Ads by Asuru

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ، ޔަހޫދީން ހަމަލާ ދިން ސަރަހައްދަށް މީގެ ކުރިން ވެސް ހަމަލާ ދިން ކަމަށާއި، އެންމެ ފަހުން ދީފައިވާ ހަމަލާގައި 150އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވެސް ލިބުނު ކަމަށެވެ.

ޣައްޒާއަށް އެތެރެ ކުރަން މަސައްކަތް ކުރާ އިންސާނީ އެހީތެރިކަމަށް ޔަހޫދީން ހުރަސް އަޅަމުން އަންނައިރު، އެހީ ބޭނުންވެގެން އެއްވާ މީހުންނަށް އަމާޒުކޮށް ދޭ ހަމަލާތަކަށް، މިއީ އެންމެ ފަހުން އިތުރުވެގެން ދިޔަ ބޮޅެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އަނިޔާވެރި ޔަހޫދީން ވަނީ، ކާބޯތަކެތި ބަހަމުން ދިޔަ ސަރަހައްދަކަށް އެއްވެ ތިބި މީހުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއްދީ، ހަ މީހަކު ޝަހީދުކޮށްލާފައެވެ. މިއާއިއެކު، މިފަދަ ހަމަލާތަކުގައި އެކަނި ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 400އަށްވުރެ އިތުރުވެފައެވެ.

ީ