ދިވެހި ގައުމު މިދަނީ ވަރަށް ނުބައި މިސްރާބަކާ ދިމާލަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކަނޑައަޅާފައިވާ ޝިއާރު ”މިސްރާބު ހަމަ މަގަށް“ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ބޭއްވި ކެމްޕެއިން އިވެންޓެއްގެ ބައިވެރީންނާ ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ މިއަދު ތަންތަނަށް އެއްވެ، ވާހަކަ ދައްކާލައި، ހީލައި އުޅެވުނަސް މާދަން އެ މިނިވަންކަން ނޯންނާނެ ދަރަޖައަށް ކަންކަން ހިނގައިދާނެ ކަމަށެވެ.

”ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތެއް، ވާނުވާ ސަރުކާރަށް ލިބިއްޖެ ކަމަށް ވަންޏާމު، އަޅުގަނޑުމެން، މި ވޭތުވެދިޔަ 10 ވަރަކަށް އަހަރު އަޅުގަނޑުމެންނަށް ލިބިފައިމިވާ ބަސްބުނުމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ފުރަތަމަ ދުއްވާލާނެ.“ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، ސަރުކާރުން ނޫސްތަކުގައި ތަޅު އަޅުވަން ވެސް މަސައްކަތް ކުރި ކަމަށާއި، އެކަން ނުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖިރިޓީ ލިބިފައިވާތީ ކަމަށެވެ.