އިލެކްޝަންސް ކޮމިޝަން(އީސީ)ގެ އާ ވެބްސައިޓު ލޯންޗު ކޮށްފިއެވެ.

Ads by Asuru

އެ ކޮމިޝަންގެ އާ ވެބްސައިޓްގެ ލިންކް ހިއްސާ ކުރައްވަމުން، ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ރޭ ވިދާޅުވީ، އަލަށް އިފްތިތާހު ކުރި ވެބްސައިޓް ވެގެންދާނީ ބޭނުންކުރަން ފަސޭހަ ޔޫޒަރ ފްރެންޑްލީ ވެބްސައިޓަކަށް ކަމަށެވެ.

އީސީގެ ކުރީގެ ވެބްސައިޓުގައި ދިމާވި ބައެއް މައްސަލަތައް މި ވެބްސައިޓުގައި ދިމާ ނުވާނެއެވެ.

އަދި އެންމެ ފަހުގެ މައުލޫމާތުތައް ފަހުގެ ވެބްސައިޓްގައި އަދާހަމަ ކުރެވިފައި ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އާ ވެބްސައިޓު އިފްތިތާހު ކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ ކޮމިޝަނުން ދަނީ ތައްޔާރު ވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ 21 ވަނަ ދުވަހުއެވެ.