ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒިނޭ ކުރާ މަންޒަރު ފެންނަ ކަމަށް ބުނާ ހަތަރު ފޮޓޯއާއިއެކުގައި ރަައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ފޭރިގަތުމަކީ ”ގަރުނުގެ ބޮޑު ޖޯކު“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރޮޒައިނާ މިހެން ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

އިނގެރޭސިވިލާތުގައި ހުންނަވަނިކޮށް ރައީސް ނަޝީދުގެ ފޯނު ވަނީ ފޭރިގެންފައެވެ.

ނަޝީދުގެ ދަރިކަނބަލުން، މަޖިލީހުގެ ނައިބު ރައީސް އީވާ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރެސްޓޯރެންޓެއްގައި ކާން ތިއްބާ ނަޝީދުގެ ފޯނު ފޭރިގަނެގެން މީހަކު ގޮސްފައިވާ ކަމަށެވެ. އަދި ނަޝީދުގެ ނަމްބަރު ބްލޮކްކޮށްދެއްވުމަށް ވެސް ދަރިކަނބަލުން އެދިފައިވެއެވެ.

ރޮޒައިނާ ވިދާޅުވީ މިއީ ގަރުނުގެ ބޮޑު ޖޯކު ކަަމަށެވެ. އޭނާ އެހެން ވިދާޅުވީ ރައީސް ސޯލިހު އަންހެން ކުއްޖަކާއެކު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯ ލިބިވަޑައިގެންފައިވާ ކަަމަށް ވިދާޅުވިތާ ގިނަ ދުވަސްތަކެއް ނުވަނީސް، ފޯނު ފޭރުނުކަން ހާމަކުރުމުން ކަމަށް ބެލެެވެއެވެ.

ރައީސް ސޯލިހު ދިފާއު ކުރައްވައި ރޮޒައިނާ މީގެ ކުރިން ވަނީ، ނަޝީދުގެ އަތްޕުޅުގައި ރައީސްގެ އެފަދަ ފޮޓޯތަކެއް ހުރިނަމަ، އެ ފޮޓޯތައް ދެއްކެވީސް ކަމަށް ވިދާޅުވެފައެވެ.