2023 ވަނަ އަހަރުގައި ދިވެހި ރައްޔިތުން، މިވެރިކަން ނިންމާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު(ޓޮމް) ވިދާޅުވެއްޖެއެވެ.
ތޯރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިވީ، އައު ޤަނޫނު އަސާސީގެ ދަށުން ދީނީ އިލްމުވެރިން ހައްޔަރުކޮށް، ސޯސްލައި ތުނބުޅި ބާލުބާ ހަމައެކަނި ރައީސަށް ކަމަށާއި، ޝެއިޚް އިމްރާމް މިވީ އެކަން ކުރުވި ފުރަތަމަ ހޯމް މިނިސްޓަރަކަށް ކަމަށެވެ.
ރައީސް ސޯލިހު މިވީ، އައު ޤަނޫނު އަސާސީގެ ދަށުން ދީނީ އިލްމުވެރިން ހައްޔަރުކޮށް، ސޯސްލައި ތުބުޅި ބާލުބާ ހަމައެކަނި ރައީސަށެވެ. ޝެއިޚް އިމްރާމް މިވީ އެކަން ކުރުވި ފުރަތަމަ ހޯމް މިނިސްޓަރަކަށެވެ.
މިވެރިންކަންކަން، 2023 ގައި ރައްޔިތުން ނިންމާނެ ކަމުގެ ޔަޤީންކަން އެބައޮތެވެ. pic.twitter.com/tmVZiDzHQy— Ahmed Thariq (@AhmedThaariq) August 4, 2022
ޓޮމް މިހެން ވިދާޅުވެފައިވާއިރު، ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޝެއިހް އާދަމް ނިޝާން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ވަނީ ތާއީދު ކޮށްފައެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލައިގައި މިއަދު ހުކުމް އިއްވިއިރު، ކްރިމިނަލް ކޯޓުން ޝެއިހް ނިޝާން ބަންދު ކުރުމަށް ނެރުނު އަމުރަށް ތާއިދުކޮށްފައިވެއެވެ.
ތޯރިގުކިޔާ މީހަކު ފޭބީ ކޮންތާކުންބާ؟
ކަލެއަކަށް އެކައްޗެއްވެސް ނޭނގޭ ނެެ