ޕްރިންސް ވިލިއަމްގެ އަނބިމީހާ ކޭޓް މިޑްލްޓަންއަށް ކެންސަރު ޖެހިފައިވާކަން ހާމަ ކޮށްފިއެވެ.
ކޭޓް މިކަން ހާމަ ކުރީ ކެންޒިންޓަން ޕެލަސް އިން އާއްމު ކުރި ވީޑިއޯއެއްގައެވެ. އޭނާއަށް ޖެހިފައި ވަނީ ކޮން ބާވަތެއްގެ ކެންސަރެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.
ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ކޭޓު ބަނޑުގެ ސާޖަރީއެއް ކުރިއެވެ.
ކޭޓު ބުނި ގޮތުގައި، އޭރު ބެލެވިފައި އޮތީ، އޭނާއަށް ކުރިމަތިވީ، ކެންސަރާ ގުޅުމެއް ނެތް ހާލަތެއް ކަމަށެވެ. އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ، ސާޖަރީއަށްފަހުގައި ހެދި ޓެސްޓުތަކުންނެވެ.
ކޭޓަށް ޖެހުނީ ކޮން ބާވަތެއްގެ ކެންސަރެއް ހާމަ ކޮށްފައިނުވާއިރު، އެއީ ހާމަ ކުރާނެ މައުލޫމާތެއް ނޫން ކަމަށް ކެންޒިންޓަން ޕެލަސްގެ ތަރުޖަމާނު ވަނީ ބުނެފައެވެ.
ޕްރިންސެސް ކޭޓަށް ކެންސަރު ޖެހުނުއިރު، ކިންގް ޗާލްސް ވެސް ދަނީ ކެންސަރަށް ފަރުވާ ކުރަމުންނެވެ.
