އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ މުދައްރިސުން، އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑު ކޮށްފިއެެވެ.

އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަލަމްގީރުއާއެކު އިތުރު ދެ ފިރިހެނުން އެއް ޖިންސުން ގުޅުންހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް އަނެއްކާ ވެސް ވަނީ ލީކް ކޮށްލާފައިވާއިރު، މިކަމާ ގުޅޭގޮތުން  އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެއްޖިންސުން ގުޅުން ހިންގިކަމަށް ޕޮލިހުން ފާހަގަކޮށްފައިވާ ޓީޗަރުން ސަސްޕެންޑުކޮށްފައިވާކަމަށެވެ.

ނަމަވެސް ސަސްޕެންޑު ކުރީ ކިތައް މުދައްރިސުން ކަމެއް ހާމައެއް ނުކުރެއެވެ.

އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ކަސްޓަމްސް އޮފިސަރެއް ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާއެކު ވަރަށް ގިނަ ދިވެހިންނާއި ބިދޭސީން އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ބަލަމުންނެެވެ.