ބަނޑުގައިވާ ދަރިފުޅާ ބައްދަލުވާނެ ވަގުތަކަށް އިންތިޒާރު ކުރަމުން އަންނައިރު، އެ ދަރިފުޅު މި ދުނިޔެއަށް އަލަތު ނޭވާ ދޫކޮށްލަންވާއިރަށް، ކޮންމެ މަޔަކަށް އަދި ބައްޕައަކަށް ވެސް ވަރަށް ތައްޔާރު ވެވެއެވެ.

Ads by Asuru

ދަރިފުޅަށް މުހިންމުވާނެ ހުރިހާ ސާމާނެއް ހޯދައި، ބޭނުންވާނެ މިންވަރަށް ވުރެ އިތުރަށް ވެސް ހޯދެނީ ލޯތްބާއިއެކުގައެވެ. ހާއްސަކޮށް ދަރިފުޅު ލާނެ ރީތި ހެދުން ހޯދުމަށް ދެވޭ ސަމާލުކަން ވަކިން ބޮޑުވެއެވެ.

މިއީ އަންހެން ދަރިފުޅެއްގެ މަންމަ އަކަށް ވުމުން، ތުއްތު ކުދިންގެ ހެދުން ފެހުމަށް ޝައުގުވެރިކަން އުފެދި، އެކަމުގައި މިހާރު 14 އަހަރު ހިދުމަތްކޮށްފައިވާ، ފާތިމަތު އުޝާމާ ހާމިދުގެ ވާހަކައެވެ.

އުޝާމާއަށް ފެހުމުގެ މަސައްކަތަށް ވަދެވުނީ، އޭނާގެ މަންމަ އަކީ އެ ފަންނުގައި އަރާހުރި މީހަކަށްވުމުން، މަންމަގެ އެ މަސައްކަތަށް ހިތް ޖެހިގެންނެވެ. އުޝާމާ ފަހަމުން އަންނަތާ 24 އަހަރު ވެއްޖެއެވެ.

ނަމަވެސް، ތުއްތު ކުދިންނާއި، ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ހާއްސަ ހެދުމާއި ބެޑިން ސެޓު ފަހައިގެން ވިއްކުމަށް އޭނާގެ ހިތުގައި ޝައުގު އުފެދުނީ، އުޝާމާ ބުނާ ގޮތުގައި، ކައިވެނިކޮށް، އުމުރުން އެންމެ 18 އަހަރުގައި އަލަތު ދަރިފުޅު ލިބުނު ހިސާބުންނެވެ.

ސަރުކާރުގެ އޮފީހެއްގައި އުޅެމުން، އުޝާމާ ދިޔައީ ފަހާތަނަކާއި ޝޮޕެއް ވެސް ހިންގަމުންނެވެ. ނަމަވެސް ދެ ކުދިން ކުޑަ ވެފައި، ވަޒީފާގައި އުޅެމުން، ފަހާތަނާއި ވިޔަފާރި ކުރިއަށް ގެންދަން ދަތިވެ، އޮންލައިންކޮށް އެކަނި ހިދުމަތް ދޭން ފެށީއެވެ. އެކަމުގައި މިހާރު 14 އަހަރު ވީއިރު، ވަރަށް ގިނަ ކަސްޓަމަރުންގެ ލޯބި އުޝާމާއަށް ލިބެއެވެ. ދަރިން ވެސް ބޮޑެތިވުމާއިއެކު، މިހާރު އޭނާ އެ ހުރީ، މަސައްކަތަށް ހުސްވެގެންނެވެ.

ބެއިބީޒްގެ ބެޑިން ސެޓެއް

ބެއިބީޒް“ ވުޖޫދަށް އައީ އުޝާމާގެ ޝައުގާއި ހިތްވަރުންނެވެ. އެ ތަނުން ވަރަށް ރީތި ބެޑިންސެޓާއި، ނިއުބޯން ހެދުން ފަހައިދެއެވެ. ކަސްޓަމަރުން ބޭނުންވާ ނަމެއް ޖަހައި، އެމްބްރޮއިޑެރީ މަސައްކަތާއިއެކުގައި ނަމަ، އެއް ހަފްތާ ނުވަތަ ދެ ހަފްތާގެ ތެރޭގައި ވެސް މަސައްކަތް ނިންމާލައިދެއެވެ.

ބެއިބީޒްގެ އުފެއްދުންތަކެއް

އޯޑަރު ކުރުމަކާއި ނުލައި، ވަގުތުން ގަނެލެވޭ ގޮތަށް ވެސް އެ ތަނުން ނިއުބޯން ހެދުން ލިބެން އެބަހުއްޓެވެ. އިންސްޓެންޓްކޮށް ގަނެވޭ ގޮތަށް ހެދުން ފަހާފައި ހުންނަނީ، އަވަހަށް ހެދުން ބޭނުންވާ ކަސްޓަމަރުން މާޔޫސް ނުކުރުމަށެވެ.

 

ބެއިބީޒްގެ އުފެއްދުމެއް

ބެއިބީޒްގެ ފޭސްބުކް ޕޭޖުން މުޅިން ވެސް ފެންނަނީ އަލަށް އުފަންވާ ތުއްތު ކުދީންނަށް ހާއްސަ ހެދުމެވެ. އެންމެ ޅަ ދުވަހު، ލައްވާލަން ފަސޭހަ ހެދުމާއި، ސޮކްސް، ހެޑްބޭންޑް، އަދި މިޓްންސްއާއި އެކު ސެޓު ވެސް ވިއްކައެވެ. މި ހެދުންތައް އެންމެ ހާއްސަކޮށްދޭ އެއް ކަމަކީ ކަސްޓަމަރު ބޭނުންވާ ކުލައަކުން، ބޭނުންވާ އިބާރާތެއް ލިޔެދީފައި ހުންނާތީއެވެ.

ބެއިބީޒްގެ އުފެއްދުމެއް

ބެއިބީޒް އިން ހެދުން ނުވަތަ ބެޑިންސް ގަތުމަށް އަވަހަށް އެ ޕޭޖަށް މެސެޖު ކޮށްލާށެވެ. މާލެ ސަރަހައްދުގެ އިތުރުން، ބޯޓުތަކަށް ވެސް އެތަނުން ޑެލިވަރ ކޮށްދެއެވެ.

ބެއިބީޒްގެ ހެދުން ސެޓެއް

އުޝާމާގެ މަސައްކަތަކީ ގޭގައި އިނދެ ދަރިން ބަލަމުން ވެސް އަންހެނުންނަށް އާމްދަނީ ހޯދަން މަސައްކަތް ކުރެވިދާނެ ކަމުގެ ފުރިހަމަ މިސާލެކެވެ.

އަސުރު އޮންލައިން އިން އެދެނީ، ބެއިބީޒްގެ މަސައްކަތުގައި އިތުރު ކާމިޔާބީއަށެވެ.