ބޭނުންވާ ތަކެތި:

100 ގ އޯރިއޯ ބިސްކޯދު ( ކްރީމް ނަގާފައި )
50 ގ ބަޓަރ
500 މލ ކިރު
250 މލ ވިޕިން ކްރީމް
300 ގ ޗޮކްލެޓް
100 ގ ހަކުރު
15 ގ ޖެލެޓިން

Ads by Asuru

ތައްޔާރުކުރާނެ ގޮތް:

ބިސްކޯދުކޮޅު މިކްސަރަކުން ރަނގަޅަށް ހިމުންކޮށްލާށެވެ. ބަޓަރުކޮޅު ދިޔާކޮށްލުމަށްފަހު ބިސްކޯދާ އެއްކޮށް ޓްރޭއެއްގައި ބިސްކޯދު ބޭސް އެއް އަޅާށެވެ.

ދެން އެއަށްފަހު ކިރު، ވިޕިން ކްރީމް އަދި ޗޮކްލެޓްކޮޅު އެއްކޮށްލުމަށްފަހު ޗޮކްލެޓްކޮޅު ވިރެންދެން މަޑު ގިނީގައި ކައްކާލާށެވެ.

ޗޮކްލެޓްކޮޅު އެއްކޮށް ވިރުމުން ޖެލެޓިން ކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު އުދުންމަތިން ބާލައި ޗޮކްލެޓް މިކްސާ ބިސްކޯދު ބޭސްގެ ތެރެއަށް އަޅާށެވެ.