ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ 34 ވަނަ ބުރު އައްޑޫ ސިޓީގައި މިއަދު ފަށައިފިއެވެ.

މިއީ ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކޯހެކެވެ.

މި ކޯހުގައި ފުލުހުންގެ ހިދުމަތާ އަލަށް ގުޅޭ 197 އޮފިސަރުން ބައިވެރިވެއެވެ.

ފުލުހުން ބުނީ، މި ކޯސް ކުރިއަށްދަނީ އައްޑޫގައި ހުންނަ ޕޮލިސް އެކެޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ކަމަށާއި، މިއީ މިތަނުގައި ފުލުހުންނަށް އަމާޒުކޮށްގެން މިފަދަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރު ކަމަށެވެ.

ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ފިޒިކަލް ޓްރެއިނިންގ އާއި އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އާއި ޤާނޫނާއި ޤަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާއި ގުޅުންހުރި ގިނަ މޮޑިއުލްތަކެއް ކިޔަވައިދޭނެއެވެ.

އައްޑޫ ޕޮލިސް އެކަޑެމީ ހުޅުވާފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.