ހދ.ނޮޅިވަރަންފަރުގެ ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Asuru

ފުލުހުން މިއަދު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ނޮޅިވަރަންފަރުގެ ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް 25 ޖޫން 2022ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އާއެކު 250 އަށްވުރެ ގިނަ މީހުން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.