ބޭނުންވާނެ ތަކެތި:

250 ގްރާމް ބަޓަރ

Ads by Asuru

250 ގްރާމް ފުއް

6 ބިސް

225 އެމްއެލް ފެން

1 ސައިސަމުސާ ބޭކިންގ ޕައުޑަރ

½ ސައިސަމުސާ ލޮނު

2 ޖޯޑު ހަކުރު

1 އިންޗި ފޮނިތޮށި

2 ކާފޫރުތޮޅި

4 ރާނބާފަތްކޮޅު

2 މޭޒުމަތީ ސަމުސާ ފިނިފެން

ތެޔޮ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެއްޔަކަށް ފެން އަޅާފައި ކައްކަން އުދާލާށެވެ. ފެން ކެކިގަތުމުން ބަޓަރކޮޅު އަޅާފައި ދިޔާކޮށްލާށެވެ. ދެން ފުށް އަޅައި، ރަނގަޅަށް އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލާށެވެ.

ކުޑަކޮށް ހިހޫވެލީމައި، ބިސް ގިރައިގެން އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

ދެން ތަވާއުނދުން މައްޗަށް އުދާލައި، ތެޔޮ އަޅާށެވެ. އަދި ކެކިގަތުމުން ތަރި ނޮޒެލްއެއްހުރި އައިސިން ބޭގަށް ފުއްކޮޅުއަޅާލާށެވެ. ތާހަކާއި ދިމާކޮށްފައި ފިއްތާފައި ދެ އިންޗީގެ ދިގުމިނަށް އަޅާފައި  ވަޅިއަކުން ކަނޑާލާށެވެ.

ހަކުރު ފަނި ހަދާނެ ގޮތް:

ހަކުރު ފަނި ތައްޔާރުކުރުމަށް ތާހަކަށް ހަކުރާއި ފޮނިތޮށި، ކާފޫރު ތޮޅި އާއި ރާނބާފަތް އަޅާލުމަށްފަހު މަޑު ގިނީގައި ކުޑަކޮށް އޮލަވަންދެން ހަކުރު ކައްކާލާށެވެ. އަދި ފިނިފެން ފޮދު އެއްކޮށްލާފައި އުނދުންމަތިން ބާލާފައި ބަހަށްޓާށެވެ.

ކާމަރަނގަތައް ތެލުލެވުމުން ނަގައި، ހޫނުކޮށް ހުއްޓާ ހަކުރު ފަންޔަށް ލާށެވެ. އަދި ކުޑަކޮށް ފޯވުމުން ނަގާށެވެ.

މަސްދަރު: ޖުވޭރިޔާ ވަޖުދީ