މާލޭގައި އަންހެނަކު މަރާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Asuru

ފުލުހުން ބުނީ، މާލޭގެ ގެއެއްގައި، އަންހެނަކު ޒަހަމްތަކަކާއެކު މަރާލާފައި އޮތްކަމުގެ މައުލޫމާތު ލިބިގެން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ހާދިސާ ހިނގިސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ…. ފޮޓޯ: އަދަދު

އަދި މި މައްސަލައާ ގުޅިގެން ދިވެހި ފިިރިހެނަކު ހައްޔަރު ކޮށްފައިވާ ކަަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ދީފައިނުވާއިރު، މައުލޫމާތު ލިބެމުންދާ ވަރަކުން ހާމަކުރާނެ ކަމަށް ވަނީ ބުނެފައެވެ.

އަންހެންމީހާ މަރާލާފައި ވަނީ ހެންވޭރު ޗީބޯ ކައިރީގައި ހުރި ގެއެއްގައެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެންމީހާގެ ބޯވެސް ވަނީ އެއްކޮށް ބުރިކޮށްލާފައެވެ. އޭނާގެ ހަށިގަނޑު މިހާރު ފުލުހުން ވަނީ ގެންގޮސްފައެވެ.