ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބޭތަން އެބަ ފެންނަ ކަމަށް، މިހާރު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ އެމްޑީޕީން ބޭއްވި ކެމްޕެއިން ހަރަކާތެއްގައެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެކަން ސަރުކާރަށް ވެސް އެނގޭ ކަމަށާއި، އެނގޭތީ، ސަރުކާރުން ވަޒީފާތައް ދެމުން އަންނަ ކަމަށެވެ.

”މިސަރުކާރުގެ ވިސްނުން ހުރީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މި ވަގުތު ދަޅަދަށްކާފައި ވަޒީފާ އަށް ނަގާ ފަރާތްތައް އެޕްރީލް 21 އަށް ފަހު ވަކިކުރަން، ވަޒީފާގައި ހިއްޕަވާ، ވަޒީފާގައި ހިއްޕަވާފައި ވޯޓު ތިލަފަތަށް އަޅުއްވާ. އަޅުގަނޑުމެންގެ މެޖޯރިޓީ އޮވެ ވަޒީފާތަކުން ވަކި ކުރިއަކަ ނުދޭނަން، ޤާނުނީ ގޮތުން އެކަން ޔަގީންކޮށްދޭނަން.“ އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ، މި ސަރުކާރުން ލަދެއް ހަޔާތެއްނެތި މިހާރު ބުނަމުންދަނީ ވަޒީފާގައި ހުންނަން ބޭނުންނަމަ އެމްޑީޕިން ވަކިވުމަށް ކަމަށެވެ. އަދި ރައްޔިތުން މިވަނީ އަޅުވެތިކޮއްފައި ކަމަށާއި، އެމްޑީޕީ ދެމިއޮތްހާ ހިނދަކު އެ އަނިޔާވެރިކަމަށް އެނބުރި ގެންދަން ޖާގައެއް ނުދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ެ