ޕީއެންސީއާއި ޕީޕީއެމް ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލަޝްކަރު ބިނާ ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެމި ހުންނަވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަޒުލް މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަށް އެއްވެސް ދިރުމެއް ދެއްވުމަށް ރައީސް ޑރ. މުއިއްޒު ބޭނުންފުޅު ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އޭނާ ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ނުކުރުމަށް ޕީޕީއެމްގެ ލީޑަރޝިޕުން ނިންމި ނިންމުމާ އެއްގޮތަށް އެ އިންތިހާބުގައި ވާދަކުރައްވައި، ރައީސް މުއިއްޒު ވަނީ ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯއްދަވައި ދެއްވުމުގެ މަސައްކަތް ފަށްޓަވާފައި ކަމަށެވެ.

”ރައީސް ޑރ. މުއިއްޒު ޕީޕީއެމްގެ ލަޝްކަރު ވަރުގަދަކޮށް ގައުމު ބިނާކުރުމަށް ދެމިހުންނަވާނެ.“ ފަޒުލް ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަން ދޫކުރައްވައި، ރައީީސް ޔާމީން ގެންދަވަނީ، ޕީއެންއެފްގެ ނަމުގައި މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

އެމަނިކުފާނު ޕީޕީއެމުން ވަކިވެވަޑައިގަތީ، ކޯލިޝަންގެ ލީޑަރޝިޕުން އެމަނިކުފާނު އެކަހެރި ކުރެއްވިކަމުގެ ތުހުމަތާއިއެކުއެވެ. ނަމަވެސް ކޯލިޝަނުގެ އިސް ބޭފުޅުން އެ ވާހަކަތައް ދޮގު ކުރައްވައި ވިދާޅުވަނީ، ރައީީސް ޔާމީން އެންމެ ފުރަތަމަވެސް ބޭނުންފުޅުވީ، ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ކަމަށާއި، އެގޮތަށް ނިންމެވީ އާއްމު މެމްބަރުންގެ ހައްގުގައި ވިސްނަވާލެއްވުމެއް ނެތި ކަމަށެވެ.