ރޭ ވެރިރަށް މާލޭގައި ވަރަށް އަނިޔާވެރި ގޮތަކަށް ޒުވާން އަންހެން ކުއްޖަކު މަރާލާފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ އަނިޔާވެރި އެއް މަރުގެ ހާދިސާގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެެވެ.

Ads by Asuru

ހެންވޭރު ޗީބޯ ގޯޅި ތެރޭގައި ހުރި،ޝީރީންވިލާގޭގެ ނުވަ ވަނަ ފްލޯގައި ރޭ މަރާލާފައިވަނީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ރޭ ބުނީ މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވާ ގޮތުގައި ޒަހަމްތަކަކާއި އެކު މީހަކު މަރާލާފައިވާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

އަދި އެ މައްސަލާގައި ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ހައްޔަރު ކުރީ ކާކުކަމެއް ހާމައެއް ނުކުރެއެވެ.

އެހެންނަމަވެސް އެމީހަކީ ރާއްޖޭގެ އެންމެ މަޝްހޫރު ސްކޭޓަރު އަލީ ޝާހިލް(22)ކަން ވަނީ އެނގިފައެވެ.

މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްގެން ގެންދަނީ– ފޮޓޯ/ ސަންއޮންލައިން–

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރާލި އަންހެން ކުއްޖާގެ ކަރު ބުރިކޮށްލައި، ހަތަރެސް ފައިވެސް ވަނީ ބުރި ކޮށްފައެވެ. މިހެންވެ، އަންހެން ކުއްޖާގެ ހަށިގަނޑު ފުލުހުން ނެރުނީ ދެ ބޮޑީ ބޭގެއްގައެވެ.

މި މައްސަލައާ ގުޅިގެން އެތަނަށް އެޓެންޑްވި ފުލުހަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ އަނިޔާވެރި މަރެެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އިތުރު މައުލޫމާތު ހާމަކުރަމުންދާނެ ކަމަށް ވަނީ ބުނެފައެވެ.