ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

Ads by Asuru

ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ތަފާތު އެކި ކަހަލަ ވިޔަފާރީގެ ޚިޔާލުތަކަށް މަރުޙަބާ ކިޔާނެ ކަމަށާއި، ދެ ފަރާތްތަށްވެސް ފައިދާކުރާނެ ފަދަ އެއްބަސްވުމެއް އެކުލަވާލަން ބޭނުންވާކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ.

ސިޓީ ހޮޓާ ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓު، އީއޯއައި ހުށަހެޅުމުގެ ފުރުސަތުވަނީ އަންނަ މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

މާފަރު އެއަރޕޯޓު ތަރައްގީވކޮށްފައި ވަނީ، ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ފެންވަރަށެވެ.

އެ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން، އެއާޕޯޓުގެ ރަންވޭ އަށް 650 މީޓަރު އިތުރުކޮށް، ރަންވޭގެ ދިގުމިން 2800 މީޓަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގްވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޮއިންގ 777 މަރުކާގެ މަތިންދާބޯޓުތަކަށްވެސް ރަންވޭއަށް ޖެއްސޭނެއެވެ.