ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަޖިލިސް ކެމްޕެއިނުގައި މިއަދު މައްޗަންގޮޅި މެދު ދާއިރާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.އަ

Ads by Asuru

ންނަ މަހުގެ 21ގައި ބާއްވާ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ތާއީދާއިއެކު މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވަނީ އަހްމަދު ޒަމީރުއެވެ.

ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން ބުނީ، މައްޗަންގޮޅި މެދު ދާއިރާގެ ކެމްޕޭން ރައީސް މުއިއްޒު ފައްޓަވާނީ މިއަދު މެންދުރު 13:15 ގައި ދަނބުރުއްމަގު, ފެހުނުގެ ކުރިމަތިން ކަމަށެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ޕީއެންސީގެ ޓިކެޓް ގައި 89 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އަދި ތިން ދާއިރާއަކަށް ވާދަ ކުރާ ތިން ޕާޓީގެ ލީޑަރުންނަށް އެ ކޯލިޝަންގެ ތާއީދު ވަނީ ދީފައެވެ. އެ ތިން ލީޑަރުންނަކީ، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.