ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން، އަލް-ޝިޕާ ހޮސްޕިޓަލަށް ވަދެ، އެތަން ހިފި ފަހުން، މިހާތަނަށް ފަލަސްތީނުގެ 400އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.

Ads by Asuru

ހައްދުފަހަނައެޅި ޔަހޫދީ އަސްކަރިއްޔާއިން ޝިފާ ހޮސްޕިޓަލުގެ ތެރެއަށް ވަދެގަތީ މިދިޔަ މަހުގެ 18 ‏ވަނަ ދުވަހުއެވެ.

އެތަން ހިފިތާ 13 ދުވަސްވީއިރު، އެތަނުގައި ތިބި ބަލި މީހުންނަށާއި، ސިއްހީ ހިދުމަތްތެރިންނަށް ބިރު ދައްކައި ހަމަލާތައް ދިނުން ފަދަ އެތައް ކަމެއް ޔަހުދީން އަންނަނީ ކުރަމުންނެވެ.

މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި، މާޗު މަހުގެ 18 ވަނަ ދުވަހު ޔަހޫދީން ޝިފާ ހޮސްޕިޓަލުގެ ތެރެއަށް ވަދެގަތީ، ޓޭންކާއި ޑްރޯންއާއެކުގައެވެ. ޔަހޫދީން އެތަނަށް ވަދެގަތީ، ހަމާސް ޖަމާއަތުން އެތަނުގައި ޓެރަރިސްޓު ހަރަކާތްތައް ރާވައި، ހިންގާ ކަމަށް ބުނެ އަސާސެއް ނެތް ތުހުމަތުތަކެއް ކުރުމަށްފަހުގައެވެ. އަދި ހޮސްޕިޓަލަށް ވަދެގަތް ދުވަހު، ހަމާސް އިން އިޒްރޭލަށް ހަމަލާތައް ދެމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

ޔަހޫދީން ވަނީ ޝިޕާ ހޮސްޕިޓަލުގެ އިތުރުން ވެސް، ފަލަސްތީނުގެ އެހެން ހޮސްޕިޓަލުތަކަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ. މި ތަންތަނަށް ހަމަލާ ދިނުމަށް ޔަހޫދީން ދައްކާ މައިގަނޑު ބަހަނާއަކީ، އެއީ ހަމާސްގެ ރައްޔިތުން ކޮމާާންޑް ސެންޓަރުތަކުގެ ގޮތުގައި ބޭނުންކުރާ ތަންތަން ކަމަށް ތުހުމަތު ކުރުމެވެ.