މަކަރާ ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

Ads by Asuru

މިފަދަ 41 މައްސަލައެއް ފާއިތުވި ހަފްތާ ތެރޭގައި ވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، ފޯނުން ގުޅާ އީމެއިލް އައިޑި ހޯދައިގެން ބޭންކުގެ ހިދުމަތަށް ވަދެ، ފައިސާ ހޯދާފައިވާ މައްސަލަތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

އަދި މިކަން ކުރާ މީހުން އެކި ދުވަސް ވަރަށް ބަދަލުތައް ގެނެސް މީހުން އެމަޅީގައި ޖެއްސުމަށް ތަފާތު ރޭވުންތައް ރާވަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން މިހާރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ފްލެޓް ލިބުނު ކަމަށްބުނެ އެޗްޑީސީގެ ނަމުގައި ގުޅައިގެން ފައިސާ ފޭރޭ މައްސަލަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެމީހެއްގެ ޒާތީ މައުލޫމާތާއި އީމެއިލް އާއި ކޭޝް ކާޑުގެ މައުލޫމާތު ފަދަ މައުލޫމާތު ހޯދަން ގުޅިކަމުގައިވީނަމަވެސް އެފަދަ މަޢުލޫމާތު ހިއްސާ ނުކުރުމަކީ އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ

އަދި ބޭންކާއި، އެޗްޑީސީ ފަދަ ތަންތަނުން ޒާތީ މައުލޫމާތު ނުވަތަ އައިޑީ ކާޑު ނަންބަރާއި އޯޓީޕީ ފަދަ މައުލޫމާތު ހޯދުމަށް ނުގުޅާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.