އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޮޕަރޭޝަނަށް ފަހު ހާލު ރަނގަޅު ކަމަށް ގުދުސްގެ ހަދަސާ ހޮސްޕިޓަލް އިން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

Ads by Asuru

އެ ހޮސްޕިޓަލުގެ ޖެނެރަލް ސާޖަރީގެ ޑިރެކްޓަރު އެލޮން ޕިކާސްކީ މިއަދު ހެނދުނު ނެރުނު ވީޑިއޯ ބަޔާނެއްގައި ބުނީ، އެ ޕްރޮސީޖާ ”ކާމިޔާބުކަމާއެކު ނިމުމަކަށް އައިސްފައިވާ“ ކަމަށާއި ނަތަންޔާހޫ ”ހޭއަރައި އާއިލާއާ ވާހަކަ ދައްކަމުންދާ ކަމަށާއި އޭނާގެ ހާލަތު ވަރަށް ފުރިހަމަ“ ކަމަށެވެ.

ނަތަންޔާހޫ، 74، އަށް ހާނިއާ މައްސަލައެއް ދިމާވިކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހު ރޫޓިން އެގްޒަމިނޭޝަނެއްގައި ކަމަށް ނަތަންޔާހޫގެ އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި އޭނާ ހޭނައްތާލީ އެ ޕްރޮސީޖާއަށް ކަމަށް އޭނާގެ އޮފީހުން ބުންޏެވެ.

މި ސާޖަރީއާ ގުޅިގެން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ފަލަސްތީނު މިނިވަން ކުރަން މަސައްކަތް ކުރާ ހަމާސް ޖަމާއަތާ ހަނގުރާމަކުރަމުންދާ އިޒްރޭލުގެ ލީޑަރު ވަގުތީ ގޮތުން މަސައްކަތާ ދުރަށް ވަނީ ޖެހިފައެވެ.

އޮޕަރޭޝަން ފެށުމުގެ ކުރިން ގުދުސްގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ބުނީ، އެ ޕްރޮސީޖާގެ ނަތީޖާއާ މެދު އުއްމީދުން ހުރި ކަމަށެވެ.

އޭނާ އޮޕަރޭޝަނަށް ފަހުގައި ސަލާމަތްވީއިރު، އިޒްރޭލުގެ ކުރީގެ އަނިޔާވެރި ބޮޑު ވަޒީރު އެރިއަލް ޝެރޯން އުމުރުން 85 އަހަރުގައި މަރުވީ 08 އަހަރު ކޯމާއެއްގައި އޮތުމަށްފަހުއެވެ. ޔަހޫދީން މިހާރު ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ވެސް ފަލަސްތީނުގެ 32،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ަ