އެމްޑީޕީގެ ސަރުކާރުން ކަނޑުން ގޯތި ދިނުމުން އެކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދަނީ މި ސަރުކާރުން ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަ ކުރައްވަވާ އިބްރާހީމް މުހައްމަދު (އިއްބެ) ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާގެ ޖަގަހަ ހުޅުވަން ބޭއްވި ހަފްލާގައި، ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ރައްޔިތުން ދިނުމުން ވެސް ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތް ކަމަށާއި، ކަމެއް ފެށުމަކީ ކަމެއް ނިންމައިދިނުން ނޫން ކަމަށެވެ.

އެހެންކަމުން، މި ސަރުކާރަށް ފުރުސަތު ދިނުމަށް މަޖިލީހުގެ މެޖޯރިޓީ ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

”އެހެންކަމުން ތިބޭފުޅުންނަށް ލިބެން އޮތް އެތި، އެއްވެސް ހާލެއްގައި ދޫކޮށްލައިގެން ނުވާނެ. އަޅުގަނޑު މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންނަށް ދަންނަވާލާނީ، ފަސް އަހަރު ތި ބޭފުޅުންގެ ހަޔާތުން ބޭކާރު ވެގެންދާން، ދެން ޓޮލަރޭޓް ނުކުރައްވައްޗޭ.“ އިއްބެ ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެފައިވާއިރު، އެކަމަށް ހައްލު ގެނައުމަށް ކ.ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ސިޓީ ތަރައްގީ ކުރުމަށް ރައީީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، އެފަދަ މުހިންމު މަޝްރޫއުތައް ހުއްޓޭނެ ގޮތަކަށް މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން އަމަލުކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ެ