އެމްޑީޕީއަށް ގައުމު ހަމަ މަގަށް އަޅުވަން ޖެހިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.
މި މަހު ބާއްވާ މަޖިލިސް އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ޝިއާރަކީ ”މިސްރާބު ހަމަމަގަށް“ މިއެވެ.
އެ ޕާޓީގެ ކެމްޕެއިން ހަރަކާތެއްގައި، މިދިޔަ ފަސް އަހަރު ވެރިކަން ކުރި އެމްޑީޕީއަށް ނިސްބަތްވާ ޖިހާާން ވިދާޅުވީ، ވެރިކަމަށް އެންމެ ހަތަރު މަސްވީއިރު ރައްޔިތުން ރޯމާ ދުވާލު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކުރިމައްޗަށް އަރައި ތިޔަހަދަނީ ދޮގުކަމުގައި ބުނަންފެށުމުން ”މިއޮތީ މި ވެރިކަން ނިމިފައި“ ކަމަށެވެ.
”އަދި މިއޮތީ އެމްޑީޕީން ނިކުމެ ގައުމުގެ މިސްރާބު ހަމަމަގަށް އަޅުވަން ޖެހިފަ“ އޭނާ ވިދާޅުވިއެވެ.
މި ފަހަރު ވެސް ހިންނަވަރު ދާއިރާއަށް ވާދަ ކުރައްވަވާ ޖީހާން މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ ނުރުހުން އަމާޒުވި އެތައް ކަމެއް އެ ސަރުކާރުން ހިންގިއެވެ.
އިންޑިއާ ސިފައިން ބޭތިއްބުމާއި، އެ ގައުމާއިއެކު ހެދި އަސްކަރީ އެއްބަސްވުންތައް ސިއްރު ކުރުމާއި، ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލުމާއި، އެމްއެމްޕީއާރްސީގެ ހިޔާނާތް ނުބެލުމާއި، ވައުދުވީ ގޮތަށް ގެއްލުނު ނޫސްވެރިޔާ ރިޟްވާާން އާއި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައަށް އިންސާފު ހޯދައި ދީފައި ނުވުން އޭގެ ތެރޭގައި ހިމެނެއެވެ.
ި
ނުވާނެ އޮރިޔާމުން ތިބޭ މީހުންނަކަށް..އަޅެ ވިސްނާލަބަލަ ނަމާދު ކުރަން ވީމާ ތިހުރި ގޮތަށް ހުރެތަ ނަމާދު ކުރަނީ….ނޫން ނަމާދު ދޮޅި އަޅާދޯ…އެއީ އޮރިޔާން ނިވާކުރަންދޯ….؟
* މިއީ ނަސޭޙަތެއް ކަމަށް ހީކުރެއްވިޔަސް އެންމެ ރަނގަޅު.
މިކަހަލަ ފައިދާހުރި ކޮމެންޓެއް ގިނަ ނޫސް ތަކުގައި ނުޖަހާނެ…ލާދީނިއްޔަތާ ގުޅުން ހުންނަނަމަ ޖަހާނެ
ކޮން މިސްރާބެއްގެ ވާހަކަ…… އޮރިޔާމުން ތިޔަ ތިބެނީ..ތިޔަކަން ފުރަތަމަ ރަނގަޅު ކޮށްލަބަލަ….