އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ، ގެއްލިގެން ހޯދަނީ ރ. އިނގުރައިދޫ، ކަނބުރުގެ، އާއިޝަތު ޒީވާ ސައީދު ކަމަށެވެ.

އޭނާ މިހާރު ދިރިއުޅެނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޗް12ގައެވެ.

ޒީވާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރޭ 07:45 އެހައިކަންހާއިރު ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އާއިޝަތު ޒީވާ ސައީދު އެންމެ ފަހުން ފެނިފައިވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ 18:00 އެހައިކަންހާއިރު، އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުން ކަމަށާއި އެއިރު އެކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއްކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.

”އާއިޝަތު ޒީވާ ސަޢީދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.“ ޒީވާގެ ފޮޓޯ އާއްމުކޮށް ފުލުހުން ބުންޏެވެ.

ފުރާވަރު އުމުރުގެ ކުދިން މިގޮތަށް ގެއްލުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެއެވެ.

ި