ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ އަންހެން ކުއްޖާ މިއަދު މާލެއިން ފެނިއްޖެއެވެ.

Ads by Asuru

ރޭ އެ ކުއްޖާ ގެއްލުނު މައްސަލައާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ ގެއްލިގެން އިއުލާން ކުރި އުމުރުން 13 އަހަރުގެ އައިޝަތު ޒީވާ ސަޢީދު މިއަދު 12:15 އެހާކަންހާއިރު މާލެއިން ފެނިފައިވާ ކަމަށެވެ.

އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ރޭ 19:45 ހާއިރުގައިއެވެ.

ޒީވާ އެންމެ ފަހުން ފެނިފައިވަނީ ރޭ އިރުއޮއްސި 18:00 ޖަހާކަންހާއިރު ހުޅުމާލޭ ދިރިއުޅެމުންދާ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޓު 12ގެ އެޕާޓުމެންޓުން ކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ.