ރައްޔިތުން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަޒުލު ކުރަން ކަމަށާއ،ި އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by Asuru

މާރިޔާ މިހެން ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އިޔާދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕުން ރަށްރަށަށް ކުރާ ދަތުރުތަކުން، ރައްޔިތުން ފާހަގަ ކުރަމުންދަނީ ރައީސް މުއިއްޒު އަޒުލު ކުރަންޖެހޭކަން ކަމަށެވެ.

”އަޅުގަނޑުމެން ކޮންމެހެންވެސް މިފަހަރު ތިންބައިކުޅަ އެއްބައި މެޖޯރިތީ އެބަ ނަގަން ޖެހޭ. ރައީސް މުއިއްޒު އަޒުލުކުރަން އެބަ ޖެހޭ. އެއީ މިއަދު ރައްޔިތުން ބޭނުންވާ ގޮތަކީ.“ މާރިޔާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ގާނޫނުގައި ވެރިޔަކު އަޒުލު ކުރެވޭ ގޮތަށް އޮންނަނީ ރައްޔިތުން އެކަން ބޭނުންވެއްޖެނަމަ، އެކަން ކުރެވޭނެ ގޮތެއް ފަހި ކުރުވުމަށް ކަމަށެވެ.