މިސްކިތެއްގަައި ދަމުނަމާދު ކުރަން ހުރި އަންހެނެއްގެ ފޯނާއި ދަބަސް ވަގަށް ނަގައިފިއެވެ.

Ads by Asuru

ފުލުހުންނަށް މި މައްސަލަ ހުށަހެޅީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މިމައްސަލަ ރިޕޯޓްކުރުމާ އެކު ހެނދުނު 7:00 ޖަހަނިކޮށް އުމުރުން 36 އަހަރު ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

ފޯނާއި ދަބަސް ވަގަށް ނަގާފައިވަނީ އަލިކިލެގެފާނު މަގުގައި ހުންނަ ސަލާހުއްދީން މިސްކިތުގައި އަންހެން މީހާ ދަމުނަމާދަށް ހުއްޓައެވެ.

މިދުވަސްވަރު މިސްކިތްތަކުން ވައްކަން ކުރުން އިތުރުވެފައިވާއިރު، މިސްކިތްތަކުގައި ހުންނަ ފަންކާ، ސައުންޑް ސިސްޓަމް ފެން މޯޓަރު ފަދަ ތަކެތި ވަގަށް ނެގުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.