ހޮނިހިރު ދުވަހުގެ ރޭ މާލޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ ގާތިލުންނަށް ހައްގު އަދަބު ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެެއްޖެއެވެ.

Ads by Asuru

ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާލޭގައި ޒުވާން އަންހެން ކުއްޖެއް ނުހަނު އަނިޔާވެރިކޮށް މަރާލާފައިވަނީ އެންމެނަށް ސިހުން ލިބޭ މިންވަރަށް ކަމަށެވެ. އެމަނިކުފާނު ވަނީ އެ މައްސަލަ ކުށްވެރިވެސް ކުރައްވައިފައެވެ.

ނަޝީދު ވިދާޅުވީ އިތުރު މީހެއްގެ އިއުތިރާފު ބަޔާނަށް ބުރަނުވާ ރަނގަޅު ތަހްގީގެއްކޮށް މިކަން ކުރި މީހުންނަށް ހައްގު އަދަބު ދޭންޖެހޭ ކަމަށެވެ.

ޝިއާގެއު މަރާއި ގުޅިގެން މަޝްހޫރު ސްކޭޓަރު އަލީ ޝާހިލް ވަނީ ހައްޔަރުކޮށްފައެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވެނީ ޝާހިލްއަށް އެކަނި ކަމަށާއި އޭނާ އަދި ކުށަށް އިއުތިރާފު ނުވާ ކަމަށެވެ. ހައްޔަރުކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.