ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން މަރާމާތުކޮށް ކުޑަ ފިތުރު އީދަށް ހުޅުވަން ނިންމައިފިއެވެ.
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހަލާކުވެ، ވީރާނާ ވަމުންދިޔަ ފެން އަރުވާ ވަޑާން ކުޑަ އީދަށް އަލުން ހުޅުވުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.
އަދި ފެން އަރުވާ ވަޑާން މަރާމަތު ކުރުމުގެ މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީގެ ސީއެސްއާރުގެ ދަށުންނެވެ.