މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އަހުމަދު އަޝްފާން އައްޔަންކޮށްފިއެވެ.

Ads by Asuru

އިމިގްރޭޝަނުން ފޭސްބުކުގައި ރޭ ކުރި ޕޯސްޓެއްގައި ވަނީ މިކަން ހާމަކޮށްދީފައެވެ.

އަޝްފާން ވަނީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި 18 އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށްފައެވެ.

އޭނާ އަކީ ރާއްޖެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެއެވެ.

ގައުމީ ޓީމަށް ވެސް އޭނާ އަހަރުތަކެއް ވަންދެން ކުޅުނެވެ.