ބަންގްލަދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

Ads by Asuru

ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އަލަމްގީރާ އެކީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އަލަމްގީރްއާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި މިފަހުން ލީކްވާން ފެށިއިރު އޭނާއާއެކު އެއްޖިންސުން ގުޅުންހިންގި މީހުންގެ އަދަދު 250 އަރާކަމަށް މައުލޫމާތު ލިބެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަަލައިގައި ހަތަރު މީހަކު މިވަގުތު ތިބީ ފުލުހުންގެ ހައްޔަރުގަ އެވެ. އެއީ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް)، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އަދި ނޫސްވެރިޔާ ނަސީރުއެވެ.

މީގެއިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގިނަ ބަޔަކު ވަނީ އެމީހުންގެ މަގާމުތަކުން ސަސްޕެންޑްވެސް ކޮށްފައެވެ.