ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.

Ads by Asuru

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން މިއަދު ބުނީ، ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށެވެ.

އެ ތަން ހިއްކަން ފެށީ، މިދިޔަ ސަރުކާރުގައި، ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ދިނުމަށެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (ސީ.އެމް.ސީ) އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން، ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ކުރީ ސަރުކާރުން ނިންމިއެވެ.

ނަމަވެސް މިސަރުކާރުން ވަނީ އިތުރަށް ބިން ހިއްކުމަށް ނިންމާފައެވެ.