ބ.އޭދަފުށީގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރަށްވައިފިއެވެ.

Ads by Asuru

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީގެ މެންބަރު ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ އަހުމަދު ސަލީމް(ރެޑްވޭވް ސަލީމް)ގެވކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެ މަޝްރޫއާއެކު އޭދަފުށީގައި ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް ކަމަށާއި އޭރުން ސަރުކާރުން ބޭނުންވާ ނަތީޖާ ނެރެދެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް ސަރުކާރުގެ މަސައްކަތްތަކަށް ބުރެކިޖައްސާ، މަޑުޖައްސާ، ހުރަސްތައް ކުރިމަތިކުރާ މަޖިލީހެއް ރައްޔިތުން އިންތިހާބުކޮށްފިނަމަ ސަރުކާރުން ބޭނުންވާ ނަތީޖާ ނެރުމުގައި މަޑުޖެހުމެއް އަންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.