ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހިލާލީގެއަށް ބަދަލުވެވަޑައިގެންފިއެވެ.

Ads by Asuru

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމަނިކުފާނު ހިލާލީގެއަށް ބަދަލުވެވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ހިލާލީގެ މަރާމާތު މަސައްކަތްކޮށް ނުނިމޭތީ، ނައިބު ރައީސް ދިރިއުޅުއްވަމުން ގެންދެވީ ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ އެޕާޓުމެންޓުގައެވެ.

ނައިބު ރައީސް، މަގާމުގެ ހުވާ ކުރެއްވުމަށްފަހު، ދިރިއުޅުއްވަމުން ގެންދެވީ ހިލާލީގޭގައި ކަމަށާއި ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު އެމަނިކުފާނަށް ޖާސޫސް ކުރައްވާތީ އެ ގެކޮޅުން ނުކުމެވަޑައިގަތީ ކަމަށް ބުނެ މީޑިއާގައި ސޯޝަލް މީޑިއާގަ އާއި ރަޖިސްޓްރީ ނުކުރާ ބައެއް ނޫސްތަކުގައި ޚަބަރު ފެތުރިއެވެ.

ނައިބު ރައީސް އޭރު ވަނީ، އެއީ އެއްވެސް ހަގީގަތެއް ނެތް، އަދި މުޖްތަމައު ފަސާދަ ކުރަން ދައްކާ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.