މިސްކިތެއްގެ ފާހަނާތެރޭގައި ކުޑަކުއްޖަކަށް ގަނާކޮށް، އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
އެކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިފަދަކަންކަން މުޖުތަމައުގައި ހިންގާފަރާތްތަކާއިމެދު އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަގީން ކުރައްވާނެކަމަށްވެސް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ @PoliceMv ގެސަމާލުކަމަށް އައިސްފައި. މިކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން. މިފަދަކަންކަން މުޖުތަމައުގައި ހިންގާފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު…
— Minister of Homeland Security & Technology (@min_mohst) April 5, 2024
މިއްސަލައާ ގުޅިގެން ފުލުހުން ބުނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެކަން ހިނގީ އއ.ރަސްދޫ ގައިކަން ހޯދިފައިވާ ކަމަށެވެ.
ރަށް އެކަންޏެއް ނޫން ހާމަކުރަންވީކީއެއް ތި މީހުންގެ ނަން ވެސް ހުރިހާ އެއްޗެއް ވެސް ހާމަކުރަންވީ ކޮންފަދަ ބޮނޑު ވަބާއެއް ގައުމަށް ޖެހިފަ މި އޮތީ?😡