ޑިރެކްޓަރު ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް އައްޝައިހް އިއްޒައްދީން އަދްނާން އައްޔަނު ކުރައްވައިފިއެވެ.

Ads by Asuru

ޑިރެކްޓަރު ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް މީހަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނު ކުރީ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.

އެ މަގާމަށް އައްޝައިހް އިއްޒުއްދީން އަދްނާން އައްޔަނު ކޮށްފައިވާކަން ރޭ އިސްލާމިކް މިނިސްޓްރީން ހާމަ ކުރިއެވެ.

ޝެއިހު އިއްޒައްދީނަށް މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ މިނިސްޓަރު މުހައްމަދު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

2008 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީ އެކިއެކި މަގާމްތައް ފުރައްވަމުން ގެންދެވި އިއްޒައްދީން އެންމެ ފަހުން ފުރުއްވާފައި ވަނީ މުސާއިދު ވާއިޒުގެ މަގާމެވެ.