ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫއިން ހާއްސަ އޮފަރ ތަކެއް އިއުލާނުކޮށްފިއެވެ.

Ads by Asuru

މިއީ ކަސްޓަމަރުންނަށް މި އީދުގައި ރައްޓެހިންނާއި އާޢިލާއާއި ގުޅުންބަދަހި ކުރުމުގައި އުރީދޫއިން ހާއްސަކޮށް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހަދިޔާއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މިގޮތުން ވީޑިއޯ ކޯލް ކުރުމާއި، ސޯޝަލް މީޑިއާ ނުވަތަ ހަދިޔާއެއް ފޮނުވަން ވިޔަސް އުރީދޫ މެދުވެރި ކޮށް މިއީދު ކުލަގަދަކޮށް ފާހަގަ ކުރެވޭނެ މަގު މިވަނީ ފަހިވެފައެވެ.

އީދު ޕެކް:

އީދު ޕެކް އެކްޓިވޭޓް ކޮށްގެން އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި 5 ޖީބީ ޑޭޓާ 2 ދުވަހަށް އެންމެ 50 ރ އަށެވެ.

ޗުއްޓީ ޕެކް:

އީދު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށްގެން 100ޖީބީ އަދި އުރީދޫ އަށް ހިލޭ ގުޅޭނެއެވެ. ކަސްޓަމަރުންނަށް މި ޕެކް 3 ދުވަހަށް 100ރ އަށް ނުވަތަ 5 ދުވަހަށް 150ރ އެކްޓިވޭޓް ކުރެވޭނެއެވެ.

ގިފްޓް އަ ޕެކް:

ޑޭޓާ ޕެކް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ހަދިޔާ ކުރުމުގެ ފުރުސަތު އުރީދޫ މެދުވެރިކޮށް ފޮނުވާލާށެވެ.

ޓެކްސްޓް އަ ކޮފީ:

އުރީދޫ އެޕް މެދުވެރިކޮށް ރަޢްޓެހިންނަށް ހަދިޔާއެއް ފޮނުވާލައިގެން 1 ޖީބީ ހިލޭ ލިބޭނެއެވެ.

މި އޮފަރތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.