ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް މިރޭ ޣިޔާސުއްދީން ސްކޫލުގައި އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ނުނަގައި ޖަލްސާ ބާއްވަން އުޅުމުން، އެކަން ހުއްޓުވައި، ސޯޝަލް ސެންޓަރުގައި ޖަލްސާ ބޭއްވިދާނެކަން އަންގައިފިއެވެ.

Ads by Asuru

މިކަން ސްޕޯޓްސް މިނިސްޓްރީން އެ ޕާޓީއަށް ވަނީ އަންގައިފައެވެ. ނަމަވެސް ބައްދަލުވުން ބާއްވަން ޕީއެންއެފުން ނިންމީ، ރާޅުގަނޑު ނިއު ޕޯޓް ސަރަހައްދުގައެވެ.

ޕީއެންއެފް އަކީ ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރާ ޕާޓީއެކެވެ.

ޕީއެންއެފް އުފެއްދުމަށް ޣިޔާސުއްދީން ސްކޫލުގައި ޖަލްސާ ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މިރޭ ނުވައެއް ޖަހާއިރަށެެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން އިލެކްޝަން ކޮމިޝަނުން ހުއްދަ ދީފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އެހެން ނަމަވެސް އެ ޖަލްސާ ބާއްވަން މަސައްކަތްކުރި ޣިޔާސުއްދީން ސްކޫލުގެ ގޭޓް ބަންދުކޮށް އެސްއޯ ފުލުހުން ވަނީ ޖަލްސާއަށް ވަންނަން ދިޔަ މީހުން ހުއްޓުވާފައެވެ.

ފުލުހުން ބުނީ ޖަލްސާ ބާއްވަން އުޅެނީ އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ނުނަގާ ކަމަށެވެ.