ފާޅުގައި ދީނަށް ފުރައްސާރަ ކުރަމުންދިޔަ ރުސްތުމް މުޖުތަބާގެ މައްޗަށް ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމުގެ ކުށް ސާބިތުވެއްޖެއެވެ.

Ads by Asuru

ރުސްތުމްގެ މައްޗަށް އުފުލާފައިވާ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް، މިއަދު ކްރިމިނަލް ކޯޓުގައި އޮތެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ  ދީނީ އެއްބައިވަންތަކަށް ނަގާލުމަށް މަސައްކަތް ކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ދެ ދައުވާއަށްވެސް އޭނާ އިއުތިރާފުވެފައިވާއިރު، ދީނީ އެއްބައިވަންތަކަށް ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާގައި އަންނާނެ އަދަބަކީ 108 ދުވަހުގެ ޖަލު ހުކުމެކެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އޭނާއަށް އަންނާނީ 18 ދުވަހުގެ ޖަލު ހުކުމެކެވެ.