ވެރިރަށް މާލޭގައި، މ.ރަބީއު ވިލާގޭގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަލިފާން ރޯވެފައި ވަނީ، އެ ގޭގެ ހަތަރު ވަނަ ފަންގިފިލާގައެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ، އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބުނުކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.