މ. ރަބީއުވިލާގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ގެ ހުންނަ މަގު ކަމަށްވާ ކެނެރީ މަގު ދުއްވާ އެއްޗެއްސަށާއި އާންމުނަށް ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

Ads by Asuru

ފުލުހުން ބުނީ އެ ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ގައި އެ ގެއަށް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ އިންސްޕެކްޝަނެއް ހަދައި ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެމަގު ވަނީ އާންމު ދަތުރު ފަތުރަށާއި އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުން ފިޔަވައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބަންދު ކުރެވިފައިވާ ކަމަށެވެ.

އަދި އެ މަގުގެ ގެ ތަކުގައި ދިރިއުޅޭ މީހުންވެސް އެ މަގުގައި ހިނގާ ބިނގާވެ އުޅޭ އިރު އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް ފުލުހުންވަނީ އިލްތިމާސް ކޮށްފައެވެ.

ރަބީއުވިލާގެ 4 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފެށީ، މި ހާދިސާގެ ރިޕޯޓް މިރޭ 20:19 ހާއިރު ލިބިގެން ކަމުގައެވެ.