މި އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

Ads by Asuru

ރައީސް އޮފީހުން މިއަދު ބުނީ 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖައްސަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 6 މާރިޗު 2022 ގައި ނެރުއްވި ދެންނެވުމުން ކަމަށެވެ.

އެހެންކަމުން އެ ނިމްމެވުވާ އެއްގޮތަށް މިއަހަރުވެސް ޢަމަލު ކުރުމަށް ނިންމާފައިވާ ކަމަށާއި، އެ ދުވަސްތަކުގައި ރަސްމީ މަސައްކަތު ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެންމެހާ އިދާރާތަކަށް  އިލްތިމާސް ކުރާ ކަމަށް ބުނެފައިވެއެވެ.

މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށްވެސް ރައީސް އޮފީހުން މިހާރު ވަނީ ހަމަޖައްސާފައެވެ.